Saturday, August 21, 2010

އިހަވަންދޫ ޕޮލިހުން "ބަރަހަނާ"ވެއްޖެ!


"ބަރަހަނާ ވުން" ފަހަކަށް އައިސް ވަރަށް އާންމު ލަފުޒެކެވެ. ހާއްސަކޮށް ފިތުނައުފެއްދުމުގެ ރަސްގެ އިހަވަންދޫ ނިއުސް އުފަންވިފަހުން، މީހުންގެ އަބުރު ވެއްޔާއި މޮޑެލުމަށް ބޭނުންކުރާ "ތާހިރު" ލަފުޒެވެ. އަޅުގަނޑު އެލަފުޒު ބޭނުންމިކުރީ ގަސްތުގައެވެ. ލިޔުމައިގެން ކުރިޔަށް ހިންގަވާށެވެ.
އަޅުގަނޑު ލިޔަން މިއުޅެނީ ތާހިރު ވާހަކައެއްނޫނެވެ.
ހާއްސަކޮށް މިފަދަ މާތް ރަމަސާންމަހަކު ކިޔަންވެސް ހެޔޮނުވާވަރުގެ ވާހަކަޔެކެވެ. ފުލުހުންނަކީ ރަތްޔިތުންނާއި ގުޅިގެން މުޖުތަމައުގާ ހިނގާ ކުއްތައް މަދުކޮށް އަމާން މުޖުތަމައުއެއް ގާއިމްކުރުމަށް މަތިކޮށްފައި ތިބޭ އާދަމްގެ ދަރިންތަކެކެވެ. "އާދަމްގެ ދަރިން" ކަމަށްވަންޔާ ކުށްވެސް ކުރެވޭނެތާއެވެ. ނަމަވެސް އެބައިމިހުންނަކީ މުޖުތަމައުގެ އެހެންމީހުން ނަމޫނާޔަކަށް ބަލާ އަދި ބަލާނެ މީހުންނެވެ. އެމީހުންގެ ފަރާތުން ކިތަންމެ ކުޑަ ކުށެއްފެނުނަސް އެހެންމީހުން ދެކޭނީ އެއީ ވަރަށްބޮޑު ކަމެއްގެ ގޮތުގައެވެ.
އިހަވަންދޫގައި ގާއިމްވެގެން ތިބޭ ފުލުހުންވަނީ މާފުނުކުރެވޭވަރުގެ އެތައް އެތައް ކުށެއްކޮށްއިތުބާރު ގެއްލިފައެވެ. މިގޮތުން އެންމެ ފާހަގާކޮށްލެވެނީ މީގެ ދުވަސްތަކެއްކުރިން ހުވަހަންދުއަށް އޯވަރ ނައިޓަކަށް ޕިކުނިކުގޮސް ވީއޮރިޔާމެވެ. މިދަތުރުގައި އެމީހުން ފޫހިފިލުވުމަށްޓަކައި އިހަވަންދޫ މަދަރުސާގައި ކިޔަވަމުންދިޔަ ދަރިވަރުންވެސް ގެންދިޔައެވެ. އޭގެތެރޭގައި ގިނައީ 18 އަހަރުވެސް ނުވާ ކުދިންނެވެ. ގުރޭޑް 8ކާއި 11ޔާއި ދެމެދުގެ ތައުލީމް ހާސިލްކުރާ ދަރިވަރުންނެވެ. މައްސަލަޔަކީ ދަރިވަރުން ނުވަތަ ކުޑަކުދިން ގެންދިޔުމެއްނޫނެވެ. އެމީހުންގެ އަހުލާގު ހުރިގޮތެވެ. ބައެއްފުލުހުން ހުވަހަންދުއަށް ފޭބުމާއި އެކު ޖަނގިޔާކޮޅަށް ހަދައިލިއެވެ. ބަސްމަގު ހުރީ ނާސިމީހުނާ އެއްހަމައެއްގައެވެ.  
ކޮންމެޔަކަށް ދަތުރަކީ އޯރވަނައިޓް ދަތުރަކަށް ވުމާއިއެކު ހަވީރުވުމުން ދަތުރުގެ ބައިވެރިން ގަސްތުކުރީ ފެންވަރާށެވެ. އެރަށުގެ ފެންވަޅު ހުރިހިސާބަށް ދެވުނިއިރު އެންމެސްތިބީ ،ދުވާލުޖެހި ސަކާރާތުގެ ސަބަބުން ވަރުވަލިވެފައެވެ. ދަތުރުގައި ބައިވެރިވި ޅަސިކުނޑިތަކެއް ލިބިފައިވާ އިހަވަންދޫ މަދަރުސާގެ ދަރިވަރުންނަށް ކުއްލި ހައިރާންކަމެއް ލިބުނީ ފުލުހުން ފެންވަރަންވެގެން ތައްޔާރުވި ގޮތުންނެވެ. އެމީހުން ތައްޔާރެވެ ވަޅުދަށަށް ލެފުނުއިރު ގަޔަކު އެއްވެސް އެއްޗެއްނެތެވެ. ތިބީ ރޯބަރަހަނާގައެވެ.
ޅަ ލޯތަށް "އޮށްކަޅު" ގުނަންތަކަށް އަމާޒުވެ ތިބީ "އާގަމަ" ވެފައެވެ. ދުލުން ބަސްހުއްޓި ގުޑައިލަންވެސް ނޭގިފައެވެ. ފުލުހުންނަށް މިކަންވީ މާމަޖާ ކަމަކަށެވެ. "މީ އަހަރެމެން ޓުރޭނިން ހެދިއިރު ފެންވަރާގޮތް" ކަމަށްބުނެ އެ މައުސޫމް ކުދިންތަކަށްވެސް ދައުވަތުދިނީ އެހާލުގައި ތިބެ އެމިހުންނާއި އެކު ފެންވަރަން އައުމަށެވެ. އެބައިމީހުންގެ މިދައުވަތު އެކުދިން ބަލައިގަތީ ޝައްކުގެ ނަޒަރަކުންނެވެ. ސަބަބަކީ ބޮޑުމަންޒަރުން ފެންނަމުން މިދަނީ އެއްވެސް އީރަތްތެރިކަމެއްނެތް ބަޔަކު ޖަހާ ނާސި ސަކަރާތެވެ. ހިތާމަޔާއެކު ފާހަގަ ކޮށްލަންޖެހެނީ ބަރަހަނާގައި ތިބި ގިނަ ފުލުހުން އެވަގުތުތިބީ ޖިންސީ އެދުމުން ފޯވެފައެވެ. ޖިންސީ ގުނަންތަކަށް ހުރީ ބާރުޖެހި ތެދުވެފައެވެ. ހާއްސަކޮށް އެދުވަސްވަރު އިހަވަންދޫ ފުލުހުންތެރޭގައި މަސައްކަތްކުރި "މާ މީހާ" ހުރީ ދެންމެ ދެންމެ ވެފައެވެ. ފާހަގަ ކޮށްލަންޖެހެނީ އިހަވަންދުއަށް ނިސްބަތްވާ ފުލުން ތިބީ ކޮންމެވެސްވަރަކަށް ލަދުން ކުމެވެ.
ކޮންމެޔަކަށް ވިސްނުންތެރި ޅަ ސިކުނޑިތަށް އެ ނާސި ފުލުހުންގެ އެދުންތަކަށް އިޖާބައެއް ނުދިނެވެ. އެމީހުން ފެންވެރީ އައުރަ ނިވާކޮށް ސާފުސީދާ ހިތަކައިގެންނެވެ.
އެހާހިސާބުން އިދި ނިމުނިތްޔެއްނޫނެވެ. ވަރަށް ނުކެރޭ ބަޔެއްކަމަށްބުނެ އަނަންމުން ދިޔަ މަލާމާތް އެލޮއީފު ކުދިންނަށް ޖެހުނީ ހަޖަމުކުރާށެވެ.
ފުލުހުންގެ މިއަމަލު މިސައިޓުގެ ފަރާތުން ވަރަށް ބޮޑަށް ކުއްވެރި ކުރަމެވެ. އަދީ މިއީ ބަދުއަހުލާގީ މުޖުތަމައާއި ދީންވެސް ގަބުލުނުކުރާ ފާހިޝް އަމަލުތަކެއްކަމަށް ފާހަގަކޮށް މިދަތުރުގައި ބައިވެރިވި ކުރިންގެ ބަންދުވެފައިވާ އަނގަތައް ހުޅުވާލައި އެކުދިންގެ މައިންބަފައިންނަށް މިވާހަކަތައް ކިޔާދިނުމަށް ގޮވާލަމެވެ. އަދި ފުލުހުންގެ އެންމެ އިސްވެރިންނަށްވެސް މިގޮވައިލަނީ އެކަމުގައި ބައިވެރިވި ފުލުހުންނާއި މެދު ތަހްގީގުކޮށް ހައްގު އަދަބުދިނުމަށެވެ. އެހެނީ އެބައިމީހުންގެ އެއަމަލުގެ ސަބަބުން ހަރާބުކޮށް އެލެވުނީ ނިކަމެތި ކުދިންތަކެއްގެ ސިކުނޑިއެވެ. ނެތިކޮށް އެލެވުނީ އެކުދިންގެ ލަދެވެ.
މިފަދަ ހަޑިމުޑުދާރު ވާހަކަތަކެއް ލިޔަންޖެހުނަތީ ކިޔުންތެރިންގެ އަރިހުން މާފަށް އެދެމެވެ.

4 comments:

  1. mihama thedu vaahakayehtha?

    ReplyDelete
  2. aan, mee hama thedhu

    ReplyDelete
  3. ނުކުޅެދޭ ސަރުކާރެއް އައީމަވެސް ވާނީވެސ މިހެން... ނުކިޔަވައި ތަންދޯރު އޮޅުން ނުފިލާ ބަޔަކު ތަނެއްގައި އަމާން ބަލަހައްޓައި މައްސަލަތައް ބެލުމަށް ތިބީޔާވާނީވެސް

    ReplyDelete